ކެންދޫ ދާއިރާގެ އިންތިޚާބު ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް: އިލެކަޝަންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކެންދޫ ދާއިރާގެ އިންތިޚާބު ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް: އިލެކަޝަންސް

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ކެންދޫ ދާއިރާގެ އިންތިޚާބު ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކަޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވަނީ ކެންދޫ ދާއިރާގެ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބާއްވަން ކަމަށާއި ނަމަވެސް އެގޮތަށް އެކަން ކުރަނެޖެހެންވީ އެއްވެސް ފެންނަން ނެތުމުން އިންތިޚާބު ބާޠިލު ނުކުރާނެ ކަމަށެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާނުކޮށް ނިމުމުން މައްސަލަ ޖެހިފައިވާ ކޮމްޕްލޭންޓްސް ބިިޔުރޯގެ މެންބަރުން ގޮސް މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަންކަމުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ބާޠިލު ވޯޓުގެ އަދަދު ގިނަވުން ރެކޯޑް އަދަދަކަށް އިތުރުވި މައްސަލައިގައި ޝަރީފް ވިދާޅުވީ ވޯޓުގައި ކުރެހުމަށް ޤާނޫނުން ގެނައި ބަދަލާއިއެކު އެއީ ވެދާނެ ކަމެއް ކަމަށް ކުރިންވެސް ޤަބޫލުކުރެވިފައި އޮތް ކަމެއް ކަމަށެވެ.

ބާޠިލު ވޯޓުކަމަށް ކުރިން ކަނޑައަޅާފައިވާ ވޯޓުތައް އަލުން ގުނުމުން ގިނަ އަދަދަދެއްގެ ބާޠިލު ވޯޓު މިހާރުވެސް ވަނީ ޞައްހަ ވޯޓަށް ބަދަލުވެފައެވެ. އެ މައްސަލަ ބަލައި އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން