ނިމިގެން ދިއަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންނަށްވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ އިންތިޚާބުވި ކެންޑިޑޭޓުންނާއި އިންތިޚާބު ނުވާ ކެންޑިޑޭޓުންނަށްވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޤާނޫނުގައި ބަޔާނަވެގެންވާ މުއްދަތަށް ހުށަހެޅުމަކީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އެޖެންޓުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.