މިމަހުގެ 6 ވަނަ މުޅި ރާއްޖޭގައި ބޭއްވި ރަައްޔިތުންގެ މަޖިލިސް 2019 އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރަން އިލްކެޝަނުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އިންތިޚާބާއި ގުޅިގެނަ ތަފާތު ޝަކުވާތައް ހުށަހެޅުނު ނަމަވެސް އެއިގެ ތެރޭގައި މިދިއަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ހުށަހެޅި ފަދަ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. "މިފަހަރަކު ނެތް ކޮމިޝަނުގެ މެންބަރުން ފަހައި ދުވާ ޒާތުގެ އެއްވެސް ޝަކުވާއެއް!"
ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ހުށަހެޅީ ވޯޓު ކަރުދާހުގައިލާ ފާހަގަ ލުމުން ކޮޅުކޮޅަށް ދުވާ މައްސަލަ އާއި ޖާދޫގެ މައްސަލަތައް ކަމަށާއި އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކުން މިފަހަރު ހުށަހަޅާފައި ނުވާކަމަށެވެ.
އިންތިޚާބުގެ ނަތީޖާއަށް ފަހު ހުކުރު ހަަމނުވާ އަދަދުގެ މީހުންނާއިއެކު މުޒާހަރާކޮށް ވަރަށް ލޯބިން "އީސީ ޝަރީފޫ" ގޮވާ އަޑެއްވެސް މިފަހަރު އަދި އިވިފައެއް ނުވެއެވެ. އަދި ﷲ ގަންދީ ހުވާކޮށް ބުއްދިއަސް ޤަބޫލު ނުކުރެވޭ ޒާތުގެ ވާހަކަތައް ދައްކާ އަޑެއްވެސް ނުއިވެއެވެ. އެފަދަ ކަންކަން ކުރި މީހުން މިފަހަރުގެ އިންތިޚާބުގައި ބޮޑުތަނުން ފޭލިވެގެން ދިއަކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.