ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފި

ކިޔުމަށް ހޭދަވާނީ 47ސ
ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފި

ތ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން އޭޕްރީލް 09 ވަނަ ދުވަހު ކުރިޔަށްދިޔަ މިޕްރޮގްރާމަކީ  އެ ސްކޫލުގެ ދަރިވަރުންގެ މަންހައްޖުގައިވާ ބައެއް ފުރިހަމަ ކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުންނާއި ޓްރެފިކް ނިޝާންތަކާއި އެނިޝާންތަކުގެ ބޭނުން ތަކަކީ ކޮބައިކަމާއި ޓްރެފިކް ނިޝާންތަކަށް އަމަލުކުރުން މުޙިއްމުކަމާއި ގުޅޭ ގޮތުން ދަރިވަރުންނާ ގުޅޭގޮތައް މައުލޫމާތުދީފައިއެވެ. މީގެއިތުރުން ބައިސްކަލް ދުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި މަގުމަތީ ހިނގާބިނގާވެ އުޅުމުގަޔާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލުމާތުދީފައިވެއެވެ.

މި ޕްރޮގްރާމުގައި ތ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 1 ން ގްރޭޑް 3 ށް ތައުލީމް ހާސިލްކުރަމުންދާ 70 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން