ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާތީ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެ ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަނީ މާލެ، މ.އޮމެގާ، ޝަމާ މުޙައްމަދު (26އ) އާއި މާލެ، މއ.ކެލާގެއާގެ، ޢަބްދުﷲ މަހާތީރު (35އ) އަދި ލ.ގަން، ތުނޑި.ފެއަރީޕެލަސް، ޒައިދު ޙުސައިން (39އ) އެވެ.
މި ތިން މީހުންގެ ތެރެއިން ޝަމާ މުޙައްމަދު ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އޭޕްރީލް 14 ވަނަ ދުވަހުގެ 10:45 ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ޢަބްދުﷲ މަހާތީރު ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އޭޕްރީލް 14 ވަނަ ދުވަހުގެ 10:45 ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އަދި ޒައިދު ޙުސައިން ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އޭޕްރީލް 15 ވަނަ ދުވަހުގެ 11:30 ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ވީމާ މި ތިން މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.