ހެލްމެޓު އަޅައިގެން ހުރެ ބިދޭސީއަކަށް ބިރުދައްކާ، ބައިލައްކަ ރުފިޔާ ފޭރިގަތް ޒުވާނަކު ހައްޔަރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 38ސ
ހެލްމެޓު އަޅައިގެން ހުރެ ބިދޭސީއަކަށް ބިރުދައްކާ، ބައިލައްކަ ރުފިޔާ ފޭރިގަތް ޒުވާނަކު ހައްޔަރު ކޮށްފި!

ހެލްމެޓު އަޅައިގެން ހުރެ، ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރުދައްކާ، އެމީހާ އަތުން ފައިސާތަކެއް ފޭރިގަތް ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބިދޭސީ މީހާގެ އަތުން 50،000 ރުފިޔާ (ބައިލައްކަ ރުފިޔާ) ފޭރިގެންފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ހ. ލަންސިމޫ ގޯޅިން ހިނގާފައި ދިޔަ އެބިދޭސީ މީހާއަށް ބިރުދައްކާ، އޭނާގެ އަތުން ފައިސާތައް ފޭރިގެންފައިވަނީ މިއަދު މެންދުރު 12:15 ހައިރެވެ.

ފައިސާތައް ފޭރިގަތް ޒުވާނާ އަތުލައިގެންފައިވަނީ، ބިދޭސީ މީހާ އަތުން ފައިސާތައް ފޭރިގަތުމަށްފަހު ދުވެފައި ދަނިކޮށް، އެވަގުތު އެސަރަޙައްދު ޕެޓްރޯލް ކުރަމުން ދިޔަ ޒުވާނުންނެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން