ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަރަކާތެއް ބާއްވަން އެމްޑީޕީ އިން ނިންމައިފިއެވެ.
މި ހަރަކާތް އޮންނާނެކަމަށް އެޕާޓިން ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ލޮނުޒިޔާރަތްކޮޅު އަޑި ޕާކް ސަރަހައްދުގައި ކަމަށެވެ.
އެމްޑީޕީގެ މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ގިނަބަޔަވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ދާއިރާއެއްގެ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއްހޯދާ ތާރީހުގެ ތެރެއަށްވަދެފައެވެ.