މާލޭގެ ގެސްޓް ހައުސް އެއްގައި އަނހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއްގައި އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ 4 މީހުންގެ ތެރެއިން 2 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފުލުހުން އެގެސްޓް ހައުސް އަށް ވަނީ އަނހެންކު އަޑުގަދަކުރާ އަޑު އިވިގެން ކަމަށެވެ. ފުލުހުން ވަނުމުގެ ކުރިން 2 މީހަކު ފިލާފައިވާ ކަމަށާއި ފުލުހުން ވަން އިރުވެސް 2 މީހަކު ގެސްޓް ހައުސްގައި ތިބި ކަމަށެވެ. އެއިގެ ތެރެއިން އެކަކު ހައްޔަރުކުރީ ފިލަން އުޅެނިކޮށް މަގުމަތިން ކަމަށާއި އެކަކު ހައްޔަރުކުރީ ގެސްޓް ހައުސް ތެރެއިން ކަމަށެވެ. އަދި އެއީ 32 އަހަރާއި 33 އަހަރުގެ ދިވެހި 2 ޒުވާން ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަންހެން މީހާ ރޭޕްކުރަން އުޅުނު ކޮޓަރި ތެރެއިން ބަނގުރާ ހުރި ތަށިތަކާއި ބަނގުރާ ހުރި ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިވަރުކަމެއް ހިނގައި ދިއައިރު ގެސްޓް ހައުސް އިން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާކަން ފުލުހުން ދީފައިވާ މައުލޫމާތުން ހާމަވެއެވެ. އެހެންކަމުން މިކަމުގައި ގެސްޓް ހައުސް ހިންގާ ފަރާތް ބައިވެރިވާ މިންވަރު ވަނީ ސާފުނުވެފައެވެ. އަދި ބަނގުރާ ހުރި ތަށީގެ އަދަދު ހާމަކޮށްފައި ނުވާކަންވެސް ފާހަގަކުރެވެއެވެ.