ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ 3 ފުލުހުންނަށް ދުމުގެ އަސަރުކުރީ ރޭ 11.35 ހައިއިރު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގގެ ޑީބޯޑުގައި އަލިފާން ރޯވި ހާދިސާގައި އެރި ދުންތަކުގެ ސަބަބުން ކަމަށެވެ. ރޯވި އަލިފާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވައިލެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.