ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ލޯންގް ރަންގެ މި އަހަރުގެ އެކްސްޕޯރ މާދަމާ ބާއްވަންނިންމައިފިއެވެ.
ޓީއެފްޖީ އިން ބުނީ މިއަހަރުގެ އެކްސްޕޯރ އޮންނާނީ ޓީއެފްޖީ ޢިމާރާތުގެ 1 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް އެކްސްޕޯރ ކުރިއަށްދާނެ ކަމަށެވެ.
' ކޮކާކޯލާ ޓީއެފްޖީ ލޯންގރަން' ގެ ބައިވެރިންނަށް ކިޓް ދޫކުރުމަށް ބާއްވާ އެކްސްޕޯރ އޮންނާނީ 14 އިން 17އަށް ކޮންމެ ދުވަހެއްގެ 14:00ން 20:00އަށް އަދި 18 ވަނަ ދުވަހު ހެނދުނު 09:00ން މެންދުރު 12:00އަށެވެ.
ރަން އިން މޯލްޑިވްސް ސީރީސްގެ ދަށުން ބާއްވަމުން އަންނަ މި ދުވުމުގެ ރަސްމީ އިވެންޓު ކޮކާކޯލާ ލޯންގރަން ބޭއްވުމަށް ނިންމާފައިވަނީ މި އޭޕްރީލް މަހުގެ 19 ވާ ހުކުރު ދުވަހުއެވެ.
ހުޅުމާލޭގައި ބާއްވާ މި ދުވުމުގައިވެސް ފުލް މެރަތަން، ހާފު މެރަތަން، އަދި 10 ކިލޯ މީޓަރާއި 5 ކިލޯ މީޓަރުގެ ދުވުން އޮންނާނެއެވެ.
މުޅި ރާއްޖޭގައި ސިލްސިލާ ދުވުންތަކެއް ޓީއެފްޖީ އިން ބާއްވަމުން އަންނަ އިރު، އައްޑޫސިޓީ އާއި ހައްދުންމަތި ގައި މިހާރުވަނީ މި ސިލްސިލާގެ ދުވުންތައް ބާއްވާފައެވެ. އަދި ކަނބަލުންނަށް ޚާއްޞަކޮށްގެން މިއަހަރު ފެށި 'ރަނިންރަން' އާއި ބޮޑުހާފުގެ ނަމުގައިވެސް އަންނަނީ ތަފާތު ދުވުމެއް ބާއްވަމުންނެވެ.