މަޝްހޫރު ކޮމޭޑިއަން އިއަން ކޮނިޓޯ ހާޓްއެޓޭކެއް ޖެހި މަރުވެގެން ވެއްޓިއްޖެ

ކިޔުމަށް ހޭދަވާނީ 48ސ
މަޝްހޫރު ކޮމޭޑިއަން އިއަން ކޮނިޓޯ ހާޓްއެޓޭކެއް ޖެހި މަރުވެގެން ވެއްޓިއްޖެ

ސްޓޭޖުގައި ޕަރފޯމްކުރަންހުއްޓާ މަޝްހޫރު ކޮމޭޑިއަން އިއަން ކޮނިޓޯ މަރުވެގެން ވެއްޓިއްޖެއެވެ،

ބީބީސީ އިން މަޢުލޫމާތުދީފައިވާ ގޮތުގައި މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ އިވާން ޕަރފޯމްކުރަންހުރީ ލޯން ވޮލްފް ކޮމެޑީ ކްލަބުގައެވެ. އަދި މަރުވި އިރު އޭނާ އިނީ ގޮނޑިއެއްގައި އިށީނދެގެން ހުނަރު ދައްކަމުންނެވެ.

އޭނާ ދައްކަމުންދިޔަ ހުނަރު ކުއްލިއަކަށް ހުއްޓުނީ ކަމަށާއި އެގޮތުގައި ގާތްގަޑަކަށް 5 ވަރަކަށް މިނެޓް އެއްވެސް ހަރަކާތެއްނެތި އޭނާ އިން ކަމަށްވެސް ބީބީސީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ އެވަގުތު އެންމެނަށްވެސް ހީވީ އެއީ އޭނާ ހަދައިގެން އިން ގޮތެއް ކަމަށާއި ނަމަވެސް އެއްވެސް އިތުރު ހަރަކާތެއް އޭނާގެ ފުށުން ނުފެނުމުން ބެލި އިރު، ވިންދު ހުއްޓިފައިވާކަމަށް ބެލެވި، ހޮސްޕިޓަލަށް ފޮނުވި ކަމަށެވެ.

އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވަލާދީ ބީބީސީގައި ވަނީ ބުނެފައެވެ.

މިއަދު އޮންލައިން