ރޭޕް މައްސަލައިގަ ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި!

ކިޔުމަށް ހޭދަވާނީ 52ސ
ރޭޕް މައްސަލައިގަ ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި!

މާފަންނުގައި ހުރި ގެސްޓްހައުސް އެއް ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުމުން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލާ އަނެކަކުގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ، ރޭ 22:55 ހާއިރު ހިނގި އެހާދިސާގައި ތުހުމަތު ކުރެވެނީ ހަތަރު މީހެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް އަންހެން މީހާ ހަޅޭލެވި އަޑުއިވިގެން ފުލުހުން އެތަނަށް ދިޔައިރު ދެމީހަކު އެތަނުން ފިލި ކަމަށާއި ހައްޔަރު ކުރެވުނީ އުމުރުން 33 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް ކަމަށް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.

އޭގެތެރެއިން 33 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު 32 އަހަރުގެ މީހާވަނީ ދޫކޮށްލާފައެވެ. 

ރޭޕް ގެ ތުހުމަތުގައި ދޫކޮށްލި މީހާ، ދޫކޮށްލިކަމުގެ އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. 

މިމައްސަލައާއި ގުޅިގެން އެމީހުން ތިބި ކޮޓަރި ފުލުހުން ބަލައިފާސް ކުރިއިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ތަށިތަކަކާއި ފުޅިއެއްވެސް ފުލުހުންނަށް ރޭ ފެނިފައިވެއެވެ.

މިއަދު އޮންލައިން