އުނގޫފާރު ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
އުނގޫފާރު ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް  ކުރިއަށް ގެންގޮސްފި

 ރ. އުނގޫފާރުގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެޕްރީލް 13ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ތެރެއިން، އުނގޫފާރުގައި ވިޔަފާރިކުރާ ހުރިހާ ފިހާރައަކާއި އެރަށުގައި ހިންގަމުންދާ ސައި ހޮޓާ އަދި ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފައި ވެއެވެ. އެގޮތުން ވައްކަން ކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން، ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ނުގުޅޭ އެއްޗެހި ނުވިއްކުމަށާއި، ތަން ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމާއި އަދި ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް އިރުޝާދުދީފައިވެއެވެ.

މީގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުކަން ދިނުމާއި، ބެންކު އެކައުންޓާއި ކޭޝްކާޑްގައިވާ މަޢުލޫމާތު ހިއްސާ ނުކުރުމަށާއި އެފަދަ ކަންކަމަށް ސަމާލުކަންދިނުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ އަމަލުތައް ހުންނާނެ ގޮތުގެ މަޢުލޫމާތުދީފައިވެއެވެ. އަދި ކަމެއް ދިމާވާ ހާލަތުގައި ފުލުހުންނާއި ގުޅާނެ ނަންބަރު ހިއްސާކޮށްފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންއެވެ

މިއަދު އޮންލައިން