ގުޅިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 29ސ
ގުޅިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

 ކ. ގުޅީ ޕޮލިސް ޑެސްކުން ހިންގި އޮޕަރޭޝަނެއްގައި، އެރަށުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފިއެވެ.

ގުޅީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭޕްރީލް 12 ވަނަ ދުވަހުގެ 20:20 ހާއިރު ހިންގި މިއޮޕަރޭޝަނުގައި، އެރަށުގެ ގެއެއް ބަލައިފާސްކުރިއިރު، އެގޭގައިހުރި ކުނިގޯންޏެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 36 ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

 

މިއަދު އޮންލައިން