އެކްސިޑެންޓް ވުމުން ސައިކަލް ދޫކޮށް ދެމީހުން ފިލައި , އަނެތް ދެ މީހުން ހޮސްޕިޓަލަށް !

ކިޔުމަށް ހޭދަވާނީ 48ސ
އެކްސިޑެންޓް ވުމުން ސައިކަލް ދޫކޮށް ދެމީހުން ފިލައި , އަނެތް ދެ މީހުން ހޮސްޕިޓަލަށް !

ފުލުހުން ވިދާޅުވީ ރޭ ފަތިހު 5:02 ހާއިރު މާލޭ ޑޯންކެފޭ ކުރިމަތިން ދުއްވާފައި ދިޔަ ދެ ސައިކަލް އެ މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓް ވެއްޖެކަމަށެވެ. އަދި އެކްސިޑެންޓްވުމުން އެއްސައިކަލުގައި ތިބި ދެ މީހުން ވަނީ ސައިކަލް ދޫކޮށްލާފައި ފިލާފައިވާ އެވެ.

2ވަނަ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ފަރުވާދެމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ މި ދެ މީހުންނަށް ލިބުނު އަނިޔާ އަކީ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި އަދި ބޭރުފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާ ލިބުން ސައިކަލްގައި ތިބި ދެ މީހުން ގެ އުމުރަކީ 20 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންކަމަށާ އޭގެ ތެރެއިން ސައިކަލް ދުއްވަންއިން 20 އަހަރުގެ މީހާއަތުގައި ލައިސަންސް ނޯވެއެވެ

 

 

މިއަދު އޮންލައިން