ކޯޓަށް ހާޟިރުކުރުމަށް މުޙައްމަދު ޔޫނުސް ހޯދަނީ

ކިޔުމަށް ހޭދަވާނީ 41ސ
ކޯޓަށް ހާޟިރުކުރުމަށް މުޙައްމަދު ޔޫނުސް ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މިމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަނީ ސ. މަރަދޫ / ދުންފިނި، މުޙައްމަދު ޔޫނުސް (46އ) އެވެ.

މުޙައްމަދު ޔޫނުސް ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އޭޕްރީލް 16 ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންއެވެ.

ވީމާ މުޙައްމަދު ޔޫނުސްއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

 

މިއަދު އޮންލައިން