އިސްތިސްޤާ ނަމާދުކުރަން ތައްޔާރުވެފަ ވަނިކޮށް ވާރޭ ވެހިއްޖެނަމަ، ނިޢްމަތް ދެއްވެވި ﷲ އަށް ޙަމްދާ ޝުކުރު ކުރަންވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިސްތިސްޤާ ނަމާދުކުރަން ތައްޔާރުވެފަ ވަނިކޮށް ވާރޭ ވެހިއްޖެނަމަ، ނިޢްމަތް ދެއްވެވި ﷲ އަށް ޙަމްދާ ޝުކުރު ކުރަންވާނެ: ޑރ. އިޔާޟް

"ވާރޭ ނުވެހި ގިނަ ދުވަސް ވެއްޖެ ނަމަ އިސްތިސްޤާ ނަމާދު ކުރުމަކީ ސުންނަތެކެވެ. ނަމާދުކުރަން ތައްޔާރުވެފައިވަނިކޮށް ވާރޭ ވެހެން ފަށައިފިނަމަ، އިސްތިސްޤާ ނަމާދު ނުކުރާނީއެވެ. ނަމާދު ކުރުމުގެ ބަދަލުގައި ވާރޭ ވެހުމުގެ ނިޢްމަތް ދެއްވެވި ﷲ ތާޢާލާ އަށް ޙަމްދާއި ޝުކުރު ކުރާނީއެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

އިސްލާމިކް މިނިސްޓްރީން ވަނީ ވާރޭ ނުވެހި ލަސްވެ، ފެނަށް ދަތިވުމުން ކުރާ އިސްތިސްޤާ ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި މާދަމާ (15 އޭޕްރިލް 2019 ވާ ހޯމަދުވަހު)ގެ މެންދުރު ނަމާދަށް ފަހު ކުރަން ނިންމައިފައެވެ. މާލޭގައި ކުރާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް (އިސްލާމީ މަރުކަޒު) ގައެވެ. އެހެން ރަށްރަށުގައި ކުރާނީ އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައެވެ.

މިއަދު އޮންލައިން