ބައްޔެއްގެ ސަބަބުން ވަގުތުގައި ނަމާދުކުރަން އުނދަގޫވާނަމަ ދެ ނަމާދު ޖަމްޢް ކުރެވިދާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ބައްޔެއްގެ ސަބަބުން ވަގުތުގައި ނަމާދުކުރަން އުނދަގޫވާނަމަ ދެ ނަމާދު ޖަމްޢް ކުރެވިދާނެ: ޑރ. އިޔާޟް

"މީހަކަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ވަގުތުގައި ކޮންމެ ނަމާދެއް ކުރަން އުނދަގޫވާނަމަ އިސްކޮށްވެސް އަދި ފަސްކޮށްވެސް ޖަމްޢް ކުރެވިދާނެއެވެ. އަދި ބަލި ނުވިނަމަވެސް ދެ ނަމާދު އެއްކޮށް ކުރެވިދާނެއެވެ، ނަމަވެސް އެއީ ޢާންމުކޮށް ކުރާ ކަމަކަށް ހަދައިގެން ނުވާނެއެވެ.

ދެ ނަމާދު އެކުގައި ކުރި ނަމަވެސް އެ ނަމާދެއްގައި ކުރަން އޮންނަ ރަކްޢަތުގެ އަދަދަށް ރަކްޢަތް ކުރަންވާނެއެވެ. ދެ ރަކްޢަތަށް ކުރުކުރުމުގެ ހުއްދަ ލިބިގެންވަނީ ދަތުރުވެރިންނަށެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އެއްވެސް އެހެން ގޮތެއް ނެތިގެން ނޫނީ ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގައި ކުރަން ޖެހޭނެއެވެ. ޢުޒުރެއް މެދުވެރިވެފައިވާނަމަ ﷲ ތަޢާލާ އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އެފަދަ ސަބަބެއް ނެތި ބަހަނާ ދެއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

މިއަދު އޮންލައިން