ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނު ތަކަކާއެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު 09:35 ހާއިރު ޕޮލިސް ވެހިކަލް ގަރާޖު ކައިރިން ފޮށިގަނޑެއް ހިފައިގެން ދިޔައިރު މި ދެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި، އެ ފޮށިގަނޑު ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނުމާއި ގުޅިގެންނެވެ.
މި މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންއެވެ