ސައިކަލެއްގައި ދިޔަ ފިރިހެނަކު ބޯއަނބުރައިގަނެގެން ވެއްޓި ބޯ ފަޅައިގެން ގޮސްފި!

ކިޔުމަށް ހޭދަވާނީ 31ސ
ސައިކަލެއްގައި ދިޔަ ފިރިހެނަކު ބޯއަނބުރައިގަނެގެން ވެއްޓި ބޯ ފަޅައިގެން ގޮސްފި!

މާލޭ ލިލީ މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ ފިރިހެނަކު، ބޯއަނބުރައިގަނެގެން ވެއްޓި އެމީހާގެ ބޯ ފަޅައިގެން ގޮސްފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު ހެނދުނު 10:34 ހާއިރު ލިލީ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން، ބޯ އަނބުރައިގަނެގެން ވެއްޓި ބޯ ފަޅައިގެން ގޮސްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއްގެ ކަމަށެވެ.

 

އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

މިހާދިސާގައި އެމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގާ އެސައިކަލުން ޖެހިފައިވާ ކަމަށާއި ނަމަވެސް އެމީހާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން