އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް "އިންތިގާލީ އަދާލަތު" ގެ ކޮމިޝަނެއް އުފައްދަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް "އިންތިގާލީ އަދާލަތު" ގެ ކޮމިޝަނެއް އުފައްދަނީ!

އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް "އިންތިގާލީ އަދާލަތު" ގެ ކޮމިޝަނެއް އުފެއްދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.

މި ބިލް ހުށަހަޅައިފައި ވަނީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މި ބިލް ބޭނުމަކީ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސްލަސްކަމަށް ޖާގަ ދިނުމާއި ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމާއި އަދުލު އިންސާފަކީ ވުޖޫދުގައި އޮތް އެއްޗެއް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ބިލްގައި ބުނެފައިވެއެވެ. އަދި ނިޒާމީ ސިފައެއްގައި ރޭވިގެން މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކޮށް އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ އާއި ދެރަ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމެވެ.

މިބިލުން ކޮމިޝަނަށް ލިބޭ ބައެއް ބާރުތަކުގެ ތެރޭގައި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި ކޮމިޝަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށާއި ހެކި ބަސް ނެގުމުގެ ބޭނުމުގައި ކޮމިޝަނަށް މީހުން ހާޒިރު ކުރުން ހިމެނެއެވެ.

"އިންތިގާލީ އަދާލަތު" ގެ ކޮމިޝަނުން ތަހުގީގުކުރަން ޖެހޭނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ހިނގި މައްސަލަތައް ކަމަށް ބިލްގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން