ތިނަދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 37ސ
ތިނަދޫއިން މަސްތުވާތަކެއްޗާއެކު މީހަކު  ހައްޔަރުކޮށްފި

 ވ.ފެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ވ.ތިނަދޫ އިން ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ތިނަދޫ އަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތިނަދޫ ޕޮލިސް ޑެސްކާއި ފެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އެޕްރީލް 15 ވަނަ ދުވަހުގެ ހަވީރު 17:30 ހާއިރު ހިންގި އޮޕަރޭޝަނުގައި ވ.ތިނަދޫ އިންނެވެ.

ލޯންޗުން ފައިބައިގެން ދަނިކޮށް މިމީހާ ހުއްޓުވާ ބަލާފާސްކުރިއިރު މީނާގެ އަތުން މަސްތުވާތަކެތި އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާ މަސްތުވާތަކެތި އަޅާފައި ހުރި ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން