ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފ އާއި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ސަސްޕެންޝަން ސަރުކާއުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދުނޫހަށް ވިދާޅުވީ 2 ބޭފުޅުންގެ ސަސްޕެންޝަން ވެސް އުވާލީ މިއަދު ކަމަށާއި 2 ބޭފުޅުންވެސް މިއަދު އޮފީހަށް ނުކުންނަވައިފި ކަމަށެވެ. "ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ފެށިގެންދާނެ. އެ ބައްދަލުވުމުގައިވެސް މަޚްލޫފް ބައިވެރިވެވަޑައިގަންނަވާނެ." ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
2 ބޭފުޅުން ސަސްޕެންޑް ކުރީ އޭސީސީސީ އިން ހާމަކުރި ލިޔުމެއްގައި 2 ބޭފުޅުންގެ އެކައުންޓަށްވެސް އަދީބުގެ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ފައިސާ ޖަމާވެފައިވާކަން ހާމަވުމުންނެވެ. މަޚްލޫފް ވިދާޅުވީ 33000 ޑޮލަރަކީ މަޚްލޫފުގެ ޢާއިލީ ވިޔަފާރިއަކުން އެކުންފުނިން ގަތް ޑޮލަރު ކަމަށެވެ. މިކަމުގައި މަކްލޫފުގެ އެއްވެސް ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީ އިން ފަހުން ވަނީ ބުނެފައެވެ.