ފޮޓޯ: އަވަސް
މާލޭގައި ހުރި ޒަމާންވީ އެއް ބިލްޑިންގ ކަމަށްވާ ހުރަވީ ބިލްޑިންގެ ބެލްކަނީ ޝީޓެއްގެ ބައެއް މަގުމައްޗަށް މިއަދު ވެއްޓިއްޖެއެވެ.
ވަރަށް ބޮޑަށް ބާވެފައިވާ މިބިލްޑިންގެ ރައްކާތެރިކަމާމެދު އެތައް ބަޔަކު ސުވާލު އުފައްދާފައިވާ މިބިލްޑިންގ ބޭނުން ކުރަމުންދަނީ އޮފީސް އެކުވެންޏެއް ގޮތަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުރަވީ ބިލްޑިންގެ އަމީރް އަހްމަދު މަގާއިވާ ގޮޔަށް ހުރި ބެލްކަނީ ޝީޓުން ބައެއް ވެއްޓިފައިވަނީ މިއަދު މެންދުރު 12:42 ހާއިރު ކަމަށެވެ.

މިހާދިސާ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެހެންނަމަވެސް، ބެލްކަނީ ޝީޓުން ބައެއް ވެއްޓުމުގެ ސަބަބުން މަގުމަތީގައި އެވަގުތު ބަހައްޓާފައި ހުރި ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން އެކަން މާލޭ ސިޓީ ކައުންސިލް އާއި ހިއްސާ ކޮށްފައިވާ ކަމަށާއި، އެކައުންސިލުން މިހާރު އެސަރަޙައްދު ބަލަމުން ގެންދާ ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައި ވެއެވެ.