ތެދުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނާނަން، އިތުބާރު ކުރެއްވެވި ބޭފުޅުންނަށް ޝުކުރިއްޔާ: މަހުލޫފް

ކިޔުމަށް ހޭދަވާނީ 57ސ
ތެދުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނާނަން، އިތުބާރު ކުރެއްވެވި ބޭފުޅުންނަށް ޝުކުރިއްޔާ: މަހުލޫފް

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ކަމުގެ މަގާމުގައި ތެދުވެރިކަމާއެކު ދެމިހުންނަވާނެ ކަމަށް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގަ ވަކި ގޮތެއް ނިމެންދެން އެމަނިކުފާނު ސަސްޕެންޑު ކުރުމަށްފަހު، މަސައްކަތަށް އަލުން ނިކުތުމަށް މިއަދު ރައީސް އޮފީހުން އެންގުމާއި ގުޅިގެން ޝުކުރު އަދާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

 

މިނިސްޓަރ ގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އޭސީސީ އާއި ފުލުހުންވެސް، އެއްވެސް މައްސަލައެއް ނެތްކަމަށް ޔަގީން ކުރެއްވުމަށްފަހު މިނިސްޓަރ މަހުލޫފަށް އިތުބާރު ކުރައްވާ އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

 

ތެދުވެރިކަމާއެކު މަސައްކަތުގައިި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަމުން، އެމަނިކުފާނަށް އިތުބާރު ކުރެއްވި އެންމެހާ ފަރާތްތަކަށް ވެސް ޔޫތު މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު އޮންލައިން