ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ހުޅުމާލޭގައި ހުންނަ ފިޔަވަތީ ކުދިންނަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
އެޕްރިލް 13 ވީ ހޮނިހިރު ދުވަހު ބޭއްވުނު މި ހަވީރުގައި ފިޔަވަތީގައި އުޅޭ 102 ކުދިންވަނީ ބައިވެރިވެފަވެއެވެ. އަދި މި ހަވީރުގައި ކުޑަކުދީންނަށް ޚާއްޞަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.