ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މުވައްޒިފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
13 އެޕްރީލް ވީ ހޮނިހިރު ދުވަހު މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ބޭއްވުނު މި ހަރަކާތުގައި އޭސީސީގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދު އާއި އޭސީސީގެ އިތުރު މުވައްޒަފުންވަނީ ލޭ ހަދިޔާކޮށްފިއެވެ.