ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭސީސީން ހުޅުމާލޭ ހޮސްޕިޓަލުގެ ބަލިމީހުން ގާތަށް ޒިޔާރަތް ކޮށްފި

ކިޔުމަށް ހޭދަވާނީ 47ސ
ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭސީސީން ހުޅުމާލޭ ހޮސްޕިޓަލުގެ ބަލިމީހުން ގާތަށް ޒިޔާރަތް ކޮށްފި

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނާއި މުވައްޒަފުން، ހުޅުމާލޭ ހޮސްޕިޓަލުގެ ބަލިމީހުން ގާތަށް ޒިޔާރަތް ކޮށްފިއެވެ. 

ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށްޓަކައި އެކޮމިޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ މިހަރަކާތުގައި، ހުޅުމާލޭ ޖޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކޮންމެ ބަލިމީހަކަށް އޭސީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާއެއް ވެސް ދީފައިވެއެވެ. 

ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރުމުގެ އިތުރުން، މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭސީސީން ވަނީ މިމަހުގެ 13 ވީ ހޮނިހިރު ދުވަހު މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ވެސް ބާއްވާފައެވެ. އަދި ހަމައެދުވަހުގެ ހަވީރު ހުޅުމާލޭގައި ހުންނަ ފިޔަވަތީ ގެ ކުޑަކުދިންނަށް ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް އެކޮމިޝަންގެ ފަރާތުން ބާއްވާފައިވެއެވެ.

 

 

މިއަދު އޮންލައިން