މަޖީދީމަގުން ކާރެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކިޔުމަށް ހޭދަވާނީ 27ސ
މަޖީދީމަގުން ކާރެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

މަޖީދީމަގު ކެމްޕަސް ކައިރިން ކާރެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކެމްޕަސް ކައިރިން ރޯވެފައިވަނީ އެކާރުގެ ހެޑްލައިޓުގައި ކަމަށެވެ.

 

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:38 ހާއިރެވެ. އަލިފާންގަނޑު ނިއްވާލުމަށްފަހު، ޓްރެފިކް ޕޮލިސްގެ އެހީތެރިކަމާއެކު މިހާރު އެކާރުވަނީ މާލޭ އިންޑަސްޓްރިއަލް ޒޯނަށް ގެންދެވިފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

 

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން