ތ.ކިނބިދޫ ޕްރީސްކޫލުގެ ބޭބީނާސަރީީއާއި ނާސަރީީގެ ދަރިވަރުން އެރަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.
ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް މުއައްސަސާތަކަށް ދަރިވަރުން ކުރަމުންދާ ޒިޔާރަތުގެ ތެރެއިން، ކިނބިދޫ ޕޮލިސް ސްޓޭޝަނަށް މިއަދު ޒިޔާރަތްކޮށް އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ހޯދައިފައިވެއެވެ.
އެގޮތުން ދަރިވަރުން މިކުރި ޒިޔާރަތުގައި، ޕޮލިސް ސްޓޭޝަނުގައި ކުރަމުންދާ މަސައްކަތްތަކާއި މަސައްކަތްތައް ރާވާފައިވާގޮތް ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ދަރިވަރުންނަށް ދައްކާލައި މަޢުލޫމާތު ދީފައިވެއެވެ
ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ދަރިވަރުން މިކުރި ޒިޔާރަތުގައި އެ ސްކޫލުގެ ބޭބީނާސަރީ އަދި ނާސަރީގައި ތަޢުލީމު ހާސިލްކުރަމުންދާ 18 ދަރިވަރުން ބައިވެރިވެފައިވާއިރު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރި ކޮންމެ ދަރިވަރަކަށް ހަދިޔާއެއް ދީފައިވެއެވެ.