ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ
ގަމު މުކުރިމަގުގައި ބަނގުރާ އުފައްދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 17:30 ހާއިރު ހިންގި މި އޮޕަރޭޝަނުގެ ތެރެއިން މުކުރިމަގު ވަލުތެރެ ބަލައިފާސްކޮށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ
މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ފޮނަދޫ ލިންކުރޯޑުން މިއަދު 16:55 ހާއިރު ވެހިލަކް ޗެކްޕޮއިންޓަކުން ހުއްޓުވި ސައިކަލެއްގައި އިން މީހަކު އެއްޗިހިތަކެއް އުކައިލުމުން އެތަކެތިނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހެކެވެ.