ކުޅުދުއްފުށީ ގެއަކުން ބުރުމާއެއް ވަގަށް ނަގައި ވިއްކާލައިފި

ކިޔުމަށް ހޭދަވާނީ 27ސ
ކުޅުދުއްފުށީ ގެއަކުން ބުރުމާއެއް ވަގަށް ނަގައި ވިއްކާލައިފި

 

ހދ. ކުޅުދުއްފުށީގެ ގެއަކުން ކަރަންޓު ބުރުމާއެއް ވަގަށް ނަގައި ވިއްކާލި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކަރަންޓު ބުރުމާއެއް ވަގަށް ނަގައިގެން ރޭ 19:00 ހާއިރު ހުށަހެޅި ކަމަށާއި އެމައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރެއް ހާއިރު ތެރޭ (ފުލުހުން ކުރި މަސައްކަތުން) އެބުރުމާ ވިއްކާލާފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ މީހަކު ހައްޔަރު ކުރެވިފައިވށ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން