ލައިގެންހުރި ބޮކްސާތެރެއިން މަސްތުވާތަކެތި ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 41ސ
ލައިގެންހުރި ބޮކްސާތެރެއިން މަސްތުވާތަކެތި ފެނިއްޖެ

ލައިގެންހުރި ބޮކްސާތެރެއިން މަސްތުވާތަކެތި ފެނިގެން  މީހަކު ގދ. ކާޑެއްދޫއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ކާޑެެއްދޫއަށް އަންނަ ފުލައިޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެޕްރީލް 17 ވަނަ ދުވަހުގެ ހެންދުނު 10:00 ހާއިރު ކާޑެއްދޫ އެއާރޕޯރޓުންނެވެ.

އެއާރޕޯރޓުން މިމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާތެރެއިން މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތިކަމަށް ހުރި 05 ކެޕްސޫލާއި، ހުރި 02 ސެލޯފިންކޮޅު ފެނިފައިވެއެވެ.

 

 

މިއަދު އޮންލައިން