ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފޮނަދޫ އަރަފާ ޕްރީ ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު އެ ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކުދިންގެ އުމުރާއި ގުޅޭގޮތަށް ފުލުހުންނަކީ ކޮބައިކަމާއި، މުޖްތަމަޢުގައި ފުލުހުންގެ ދަޢުރަކީ ކޮބައިކަމާއި، ފުލުހުން ކުރަމުންދާ މަސައްކަތް ތަކާއި ގުޅޭ މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން އެދަރިވަރުންގެ ބައިވެރިވުމާއެކު ފުލުހުންނާއެކު ކުޅިވަރު ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގައި އަރަފާ ޕްރީ ސްކޫލް ގެ 35 ދަރިވަރުންނާއި އެދަރިވަރުންގެ ޓީޗަރުން ބައިވެރިވެފައިވެއެވެ.