މަޖީދިއްޔާ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާބެހޭގޮތުން މަޢުލޫމާތު ދީފި

ކިޔުމަށް ހޭދަވާނީ 50ސ
މަޖީދިއްޔާ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާބެހޭގޮތުން މަޢުލޫމާތު ދީފި

އުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ހިންގުމަށް ރޭވި ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މަޖީދިއްޔާ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި ޙަރަކާތް ކުރިއަށް ގެންދިޔައީ 2019 އެޕްރީލް 16 ވީ އަންގާރަ ދުވަހު ހެނދުނު، މަޖީދިއްޔާ ސްކޫލުގެ ގޯތިތެރޭގައެވެ.

ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު މި ހަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް ޢާންމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާ ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި އެސެމްބްލީ ގައި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަ ދެއްކެވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ސީނިއަރ ކޭސް އޮފިސަރ ޢާއިޝަތު ޢަރީފާއެވެ.

މިއަދު އޮންލައިން