ކަނޑު ބޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 33ސ
ކަނޑު ބޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ކޯޓު އަމުރެއްގެ ދަށުން ކަނޑު ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ، މާލެއިން ފުރައިގެން ކުނަހަންދުއަށް ދަތުރުކުރި ކަނޑު ބޯޓަކުން ކުނަހަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 12:25 ހާއިރު ހިންގި އޮޕަރޭޝަންގައެވެ.

މިއޮޕަރޭޝަންގައި، ލ. ހިތަދޫ ބަނދަރަށް ބޯޓު ގާތްކުރުުން މިމީހާ ހައްޔަރުކޮށް އެބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި އަޅާފައިހުރި ރަބަރު ޕެކެޓެއް އެބޯޓުން ފެނިފައިވާ ކަމަށް ފުލުހުން ބުނިއެވެ.

 

މިއަދު އޮންލައިން