ކިންޑަރ ޕްރީ ސްކޫލްގެ ދަރިވަރުން ފުލުހުންގެ މައި އިދާރާއަށް ޒިޔާރަތްކޮށް, ކުރާ މަސައްކަތުގެ މައުލޫމާތު ހޯދައިފި

ކިޔުމަށް ހޭދަވާނީ 51ސ
ކިންޑަރ ޕްރީ ސްކޫލްގެ ދަރިވަރުން ފުލުހުންގެ މައި އިދާރާއަށް ޒިޔާރަތްކޮށް, ކުރާ މަސައްކަތުގެ މައުލޫމާތު ހޯދައިފި

ކިންޑަރ ޕްރީ ސްކޫލްގެ ދަރިވަރުން، ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ޒިޔާރަތްކޮށްފިއެވެ.

ފުލުހުންގެ މައި އިދާރާއަށް ދަރިވަރުން މިއަދު މިކުރި ޒިޔާރަތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދަރިވަރުންނާއި ބައްދަލުކުރައްވައި އެދަރިވަރުންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

މީގެއިތުރުން ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓާއި ޕަބްލިކް ރިލޭޝަން ޔުނިޓު ދަރިވަރުންނަށް ދައްކައިލުމާއި އެތަންތަނުން ކުރަމުންދާ މަސައްކަތްތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކިޔައިދީފައިވެއެވެ.

އަދި ފުލުހުން ކުރަމުންދާ މަސައްކަތްތައް ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ކިޔައިދީފައިވެއެވެ.

ފުލުހުންގެ އިދާރާއިން ކުރަމުންދާ މަސައްކަތްތައް ބަލައިލުމަށް ކިންޑަރ ޕްރީ ސްކޫލްގެ ދަރިވަރުން މިކުރި ޒިޔާރަތުގައި، އެ ސްކޫލްގެ ޕްލޭ ސްކޫލް ދަރިވަރުންނާއި ނާސަރީ ދަރިވަރުންގެ އިތުރުން ޖޭކޭޖީގެ ދަރިވަރުންނާއި އެސްކޭޖީގެ ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 318 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން