ހޯމް މިނިސްޓަރު ޝައިޚް އިމްރާން މަސްމާރުކޭޓުން މަސް ބައްލަވައިގަތުމުން ގިނަ ބައެއްގެ ސަމާލުކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހޯމް މިނިސްޓަރު ޝައިޚް އިމްރާން މަސްމާރުކޭޓުން މަސް ބައްލަވައިގަތުމުން ގިނަ ބައެއްގެ ސަމާލުކަމަށް!

ރާއްޖޭގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އަމިއްލަފުޅަށް ވަޑައިގެން މަސްމާރުކޭޓުން މަސް ބައްލަވައިގަނެ އަމިއްލަފުޅަށް މަސް އުފުއްލެވުމުން އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ. 

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ "އަމިއްލަ މަސައްކަތް އަމިއްލައަށް ކުރެވޭނަމަ އަމިއްލައަށް ކުރުމަކީ ސުންނަތެއް" ކަމަށާއި އެކަން ދިރުވައި ދަމަހައްޓަން އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ޝައިޚް ފަރީދު މިމޭރުމުން ވިދާޅުވީ ރަސޫލް (ޞޢވ) އިސްލާމީ އުންމަތުގެ އެންމެ އިސްވެރިކަމުގައި ހުންނަވައިގެންވެސް އަމިއްލަފުޅު މަސައްކަތްޕުޅު އަމިއްލަފުޅަށް  ކުރައްވަވައި އެކަމުގައި ނަމޫނާ ދައްކަވާފައިވާތީއެވެ. 

މިކަމުގެ މައުލޫމާތު ހިއްޞާކުރި މީހަކު ބުނީ "އެއްވެސް މަޤާމަކީ ދާއިމީ މަޤާމެއް ނޫނެވެ. ނަމަވެސް މަސް ގަތުން ފަދަ ކަންކަމަކީ ކޮންމެ މީހަކުވެސް އަބަދުވެސް ކުރަންޖެހޭނެ ކަންކަމެވެ. ހޯމް މިނިސްޓަރު ކަމުގައި އަބުއިވެ އެފަދަ ކަންކަން ނުކުރާ މީހަކު، މަޤާމު ގެއްލުމުން އަމިއްލައަށް ކުރަން އުޅެފިނަމަ މީހުންގެ ތަފާތު ބަސްތައް ރައްދުވާނެއެވެ. ނަމަވެސް އެއީ އަބަދުވެސް ކުރާ ކަމެއް ނަމަ އެކަމާއި ގުޅުވައިގެން ބުނެވޭނެ އެއްޗެއް ނުއޮންނާނެއެވެ."

ދެވަނަ މީހަކު ބުނީ ހޯމް މިނިސްޓަރު ކަމުގައި ޢުމަރު ޒާހިރު ހުންނެވިއިރު ގިނައިން އުޅުއްވީ ބައިސްކަލުގައި ކަމަށެވެ. "އަޅުގަނޑާ ދިމާއަށް ވިދާޅުވި. އަބަދު ހުންނާނީ ހޯމް މިނިސްޓަރު ކަމަކު ނޫނޭ. އެހެންވީމާ ދިދަ ޖެހި ކާރެއް އަބަދަކު ނުލިބޭނެއޭ ދުއްވަން. އެހެންވީމާ ބައިސްކަލު ދުއްވެވުން ޙުޓަވައެއް ނުލައްވާނެމޭ."

މިއަދު އޮންލައިން