ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ކިޔުމަށް ހޭދަވާނީ 46ސ
ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

އިއްޔެ މިތަކެތި ނައްތާލައިފައިވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ގޯތީތެރޭގަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިއްޔެ ނައްތާލައިފައިވަނީ ވޭތުވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލާއި އަދި ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް  ގެންގޮސްފައިވާ އެކި ބްރޭންޑްތަކުގެ 120 ފުޅި ބަނގުރަލާއި އެއް ބިޔަރު ދަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަނގުރާ ނައްތާލުން ތިނަދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިއަދު އޮންލައިން