ދެމީހަކު ކޯޓަށް ހާޟިރުކުރުމަށް ހޯދަނީ

ކިޔުމަށް ހޭދަވާނީ 58ސ
ދެމީހަކު ކޯޓަށް ހާޟިރުކުރުމަށް ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ހާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މިދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންއެވެ.

މިއަމުރުތަކާއި ގުޅިގެން ހޯދަނީ ސ. ހިތަދޫ / ޅަރީތިގެ، މުޙައްމަދު ޝާޙް ޙަސަން (43އ) އާއި ކ. މާލެ / މ. ނަލަރީތިގެ، މޫސާ އިބްރާހީމް  (53އ)އެވެ.

މުޙައްމަދު ޝާޙް ޙަސަން ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެޕްރީލް 21 ވަނަ ދުވަހުގެ 11:00ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މޫސާ އިބްރާހީމް ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެޕްރީލް 22 ވަނަ ދުވަހުގެ 09:30ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންއެވެ.

ވީމާ މިމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

މިއަދު އޮންލައިން