ފޭރުމުގެ ބޮޑު ތިން ހާދިސާއިން ހޯދިފައި ވަނީ އެންސިސްގެ ހަތް ލައްކަ ރުރިޔާ އެކަނި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފޭރުމުގެ ބޮޑު ތިން ހާދިސާއިން ހޯދިފައި ވަނީ އެންސިސްގެ ހަތް ލައްކަ ރުރިޔާ އެކަނި!

މާލެ އާއި ހުޅުމާލޭގައި ހިންގި ފޭރުމުގެ ބޮޑު ތިން ހާދިސާގައި މިހާތަނަށް ހޯދިފައި ވަނީ އެންސިސްގެ ހަތް ލައްކަ ރުރިޔާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެންސިސްގެ 2.3 މިލިއަން ރުފިޔާ އާއި ބީއެޗްއެމްގެ 1.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި ފެނުނީ އެންސިސްގެ ފައިސާތަކެކެއްކަމަށާއި މިފައިސާގެ އަދަދު ހަތް ލައްކަ އަށް ވުރެ ގިނަ ކަމަށެވެ.

ޖުލައި 31، 2018 ގައި އެންސިސްގެ ފައިސާތައް ފޭރުނީ އެ ކުންފުނީގެ ދެ މުވައްޒަފުން މޮރިޝަސް ކޮމާޝަލް ބޭންކާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިސާ ހިފައިގެން ވެހިކަލަށް އަރަނިކޮށެވެ. 

މީގެއިތުރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ވަނީ ފޭރިގަނެފައެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު މިފްކޯ އިން އެ ކުންފުނީގެ ވެހިކަލެއްގައި ފައިސާ ހިފައިގެން އެއާޕޯޓަށް ދަނިކޮށް، ހެލްމެޓު އަޅައިގެން ތިބި ބަޔަކު ވަނީ އޭގައި ހުރި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައެވެ. 

މިއަދު އޮންލައިން