މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗު ކުޑަރިކިލު ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗު ކުޑަރިކިލު ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފި

މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗު ކުޑަރިކިލު ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ފެށި މި ޑިވިޜަންގެ ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 25،15/25،12 އަދި 26،24 އިންނެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކުޑަރިކިލުގެ ޖާރޒީ ނަމްބަރު 7 މުޙައްމަދު ޝާއިންއެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާއި މުބާރާތް ބާއްވާރަށް މާޅޮހެވެ.

ފިރިހެން ޑިވިޜަންގެ މެޗުތައް އެޕްރީލް 27 އާއިހަމައަށް ކުރިއަށްދާ އިރު، މި ޑިވިޜަންގައި ވާދަކުރަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ ،ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ. 

މިއަދު އޮންލައިން