ސައުތު އެފްރިކާގެ ޑާރބަންގައި ހުރި ފައްޅިއެއްގެ ފުރާޅުވެއްޓި 13 މީހުން މަރުވެ، 16އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
އެޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ މާސްމީޑިއާގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުގެރޭ ބޯކޮށް ވާރޭ ވެހުމަށްފަހުގައި ކަމަށެވެ. އަދި އެވަގުތު ފައްޅީގައި އަޅުކަންކުރުމަށް ގިނަ ޢަދަދެއްގެ ބަޔަކު ތިބިކަމަށެވެ.
މި ހާދިސާގައި ލިބުނު ގެއްލުން އިތުރަށް ބަލަމުން އަންނަ ކަމަށާއި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލުންނާއި ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.