ރ. އަލިފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާއާއި އެޕަލް ގަޑިއެއް ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެރަށުުގެ ގެއަކުން 19000 ރުފިޔާއާއި އެޕަލް ގަޑިއެއް ވަގަށް ނަގާފައިވަނީ ރޭ 20:27 ހާއިރު ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި، ރޭގެ ވަގުތެއްގައި އުމުރުން 34 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ އަތުން ވަގަށް ނަގާފައި ކަމަށް ޝައްކު ކުރެވޭ 13500 ރުފިޔާ އާއި އެޕަލް ގަޑިވެސް ފެނިފައިވާ ކަމަށާއި މިތަކެތި ފެނިފައިވަނީ އޭނާ ފައިބާރ މަސައްކަތް ކުރާ ތަނުގެ ކައިރީގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.