ރަމަޟާން މަހުގަ ވައްކަންތައް ގިނަ ވެދާނެތީ ޙާއްސަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް !!

ކިޔުމަށް ހޭދަވާނީ 59ސ
ރަމަޟާން މަހުގަ ވައްކަންތައް ގިނަ ވެދާނެތީ ޙާއްސަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް !!

 ތ.އަތޮޅު ކިނބިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ތ.އަތޮޅު އޮމަދޫ ވިޔަފާރިވެރިންނަށާއި ސައިހޮޓާ ފަދަ ތަންތަނުގެ ވެރިންނާއި ބައްދަލުކޮށް  ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފާވެއެވެ.

އޭޕްރީލް 18 ވަނަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އޮމަދޫ ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިންނާއި ބައްދަލުކޮށް ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހަށް ވާތީ ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެގެންދާނެތީ އެކަންކަމަށް  ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފިހާރަތައް ބަންދުކޮށްފައިދާއިރު ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޗެކްކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން  މި ޕްރޮގްރާމުގައި ފިހާރަތަކުގެ ސަލާމަތީ ކަންކަން ހުރިގޮތްތައް ބަލައި، ފިހާރަތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުވެސް ދީފައިވެއެވެ.

ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންއެވެ.

މިއަދު އޮންލައިން