ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ހުރި ފުޅިއަކާއެކު ދެމީހަކު ލ. ގަމުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންވެސް ހައްޔަރުކުރީ ލ. ގަމުގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭޕްރީލް 17 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ލ. ގަން ލިންކު ރޯޑް މޯވް ހޮޓެލް ހިމެނޭ ސަރަޙައްދުންނެވެ.
މި ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވެއެވެ.