ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގަ މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި- ދިވެއްސަކަށް އަނިޔާވިކަން އެނގިފައެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގަ މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި- ދިވެއްސަކަށް އަނިޔާވިކަން އެނގިފައެއް ނުވޭ!

ސްރީ ލަންކާގެ 3 ސަރަހައްދެއްގައި ހުރި ކްރިސްޓިއަން 3 ފައްޅިއަކަށާއި ކޮލޮމްބޯގައި ހުރި ފަސްތަރީގެ 3 ހޮޓަލަށް ޓެރަރިސްޓުން ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

ހަމަލާ ދިން ފަސްތަރީގެ ހޮޓާތަކުގެ ތެރޭގައި ޝަންގރިއްލާ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީ ހޮޓާ ހިމެނެއެވެ. މިތަންތަނުގެ ތެރެއިން ސިނަމަން ގްރޭންޑަކީ ދިވެހިން ވަރަށް ގިނައިން ތިބޭ ހޮޓަލެކެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޚާރިޖިއްޔާއިން ވިދާޅުވީ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުކަން ބަލަމުން ގެންދާ ކަމަށާއި ނަމަވެސް އަދި މިހައިތަނަށް އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ހަމަލާ އާއި ބެހޭ އެއްވެސް އިތުރު ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެތައް ސަތޭކަ ބައަކު ޒަޚަމްވި ކަމަށް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން