ފުލުހުން ޚާއްސަ ޑިނަރ ނައިޓެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
ފުލުހުން ޚާއްސަ ޑިނަރ ނައިޓެއް ބާއްވައިފި

ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުކޮށް ހިތްއުފާކޮށްލުމުގެ ގޮތުން ޚާއްސަ ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާރކްގައި ރޭ ބޭއްވި މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މި ޑިނަރ ނައިޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންގެ އިތުރުން  ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިވިލް ސްޓާފުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވެފައިވެއެވެ.

ރޭގެ ޑިނަރ ނައިޓްގައިވަނީ  ފުލުހުންގެ ޚިދުމަތަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށާއި ފުލުހުންގެ ޚިދުމަތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ދެއްވާފަވެއެވެ.

މިފަރާތްތަކަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ބައްސަވާ ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މި ޑިނަރ ނައިޓްގައި މުނިފޫހިފިލުމުގެ ގޮތުން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަ ކިއުންތެރިންނާއި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު އޮންލައިން