ލަންކާގަ މަރުވި މީހުންގެ އަދަދު 185އަށް- މުސްލިމުން ލޭ ހަދިޔާ ކުރަން ނުކުމެ ދިގު ކިޔޫ ހަދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ލަންކާގަ މަރުވި މީހުންގެ އަދަދު 185އަށް- މުސްލިމުން ލޭ ހަދިޔާ ކުރަން ނުކުމެ ދިގު ކިޔޫ ހަދައިފި

ލަންކާގައި މިއަދު ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިއަދު މެންދުރު މާލޭގަޑިން 1 ޖެހިއިރު ވަނީ 185އަށް އަރައިފައެވެ. ކޮލޮމްބޯ ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލަށް ގެންދެވުނު 9 ބިދޭސީއަކު މަރުވެފައިވާ ކަމަށް ބުނެފައެވެ.

އެތައް ސަތޭކަ ބައަކު ޒަޚަމްވުމުގެ ސަބަބުން ލޭ ބޭނުންވެފައިވާތީ ލޭ ހަދިޔާ ކުރަން މީހުން ވަނީ ހޮސްޕިޓަލްތައް ކައިރީގައި ދިގު ކިޔޫ ހަދައިފައެވެ. ލޭހަދިޔާ ކުރަން މުސްލިމުން ނުކުންނަން މުސްލިމް ޖަމިއްޔާތަކުން ގޮވާލުމުން ގިނަ އަދަދެއްގެ މުސްލިމުން ވެސް ވަނީ ލޭ ހަދިޔާކުރަން ނުކުމެފައެވެ.

މާދަމާ އާއި އަނެއް ދުވަހަކީ ސަރުކާރާއި ސްކޫލްތައް ބަންދު ދެ ދުވަސްކަމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.

މިއަދު އޮންލައިން