އަވަށްޓެރި ޝްރީލަންކާ އަށް ދިން އަށްވަނަ ބޮމުގެ ހަމަލާއާއެކު، އެޤައުމުގައި ކާފިއު އިއުލާން ކޮށްފިއެވެ.
ލަންކާ ސަރުކާރުން ކާފިއު އިއުލާން ކުރީ މިއަދު އިރުއޮއްސި 18:00 އިން މާދަމާ ހެނދުނު 6:00 އާއި ހަމައަށެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަށްވަނަ ބޮން ގޮއްވާލާފައިވަނީ ޑެމަޓަގޮޑާގެ މަހަވިލަ އުދަޔަން ރޯޑްގެ ހައުސިންގ ސްކީމް ކައިރީގައެވެ.